އަލިފާނުގެ ސަލާމަތަކީ އަޅުގަނޑުމެން ޢަމަލުކުރާ ކަމެއް، ހަމައެކަނި ވާހަކަ ދައްކާ އެއްޗެއް ނޫނެވެ
މިދިޔަ ހަފްތާގައި އޭއޯޑީއައި އިން ވަނީ އަޅުގަނޑުމެންގެ ޓީމަށް ފަޔަރ ސޭފްޓީ ޓްރެއިނިންގ އާއި އިމަޖެންސީ ޑްރިލް އެއް ކުރިއަށް ގެންގޮސްފައެވެ.
މި ތަމްރީނުތަކުގެ ތެރެއިން މުވައްޒަފުންނަށް އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ ސާމާނާއި އެ ސާމާނު ރަނގަޅަށް ބޭނުންކުރާނެ ގޮތް އިތުރަށް ދަސްވި އެވެ. އެއަށްފަހު އެ ޕްރެކްޓިކަލް ޑްރިލްގެ ސަބަބުން އެންމެންނަށް ވެސް އެ ޢިލްމު އަމަލީ ގޮތުން ތަންފީޒު ކުރުމުގެ ފުރުޞަތު ލިބުނެވެ.
އަޅުގަނޑުމެންނަށް ސޭފްޓީ ޑްރިލްގެ ބޭނުމަކީ ހަމައެކަނި ޝެޑިއުލް ކުރެވިފައިވާ ހަރަކާތެއް ފުރިހަމަ ކުރުމެއް ނޫނެވެ. އެއީ ހޭލުންތެރިކަން އިތުރުކުރުމާއި، އަމަލީ ހުނަރުތައް ތަރައްގީކުރުމާއި، ހީވެސް ނުކުރާ ހާލަތްތަކަށް ރަނގަޅަށް ތައްޔާރުވުމެވެ.
ރައްކާތެރިކަމަކީ ކޮންމެ ދުވަހެއްގެ މަސައްކަތުގެ ބައެކެވެ.
އަޅުގަނޑުމެން ކޮންމެ ޑްރިލްއެއް ސީރިއަސްކޮށް ނަގަނީ، ކޮންމެ މަސައްކަތު ދުވަހެއް ނަގާ ފަދައިން.


)







